މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭމަތީގައި

އައިލެންޑް އޭވިއޭޝަން ސާވިސަސް އަށް އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް ފައިދާ ވާން ފަށައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ "ކުއާޓަލީ ރިވިއު" ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް 557.60 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއާއެކު ކުންފުނީގެ ހިންގުމުން ކުންފުންޏަށް ފާއިތުވި ފަސް ކުއާޓާއަށް ބަލާއިރު މި ކުއާޓާގައި ވަނީ ފުރަތަމަ ފަހަރަށް ފައިދާ ވެފައެވެ. ކުންފުނީގެ ހިންގުމުގެ ފައިދާއަށް 41.55 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އައިލެންޑް އޭވިއޭޝަނަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 10.74 މިލިއަން ރުފިޔާ ލިބިފައިވައިރު މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ފަހުން ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެ ރިޕޯޓުގައިވާ ގޮތުން އައިއޭއެސް އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން އޮޕަރޭޓްކުރާ މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދަތުރުކުރި ފަސިންޖަރުންގެ އަދަދު އިތުރުވުމެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ 16 ޕަސެންޓަށް އިތުރުވިއިރު، ބޭރު ގައުމުތަކަށް ކުރާ ދަތުުރުތަކުން ދެ ޕަސެންޓް އަދި ސީޕްލޭން ދަތުރުތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 15 ޕަސެންޓް އިތުރުވެފަ އެވެ.

އޭގެ އިތުރުން އައިއޭއެސް އިން މެނޭޖްކުރާ މާފަރު އެއާޕޯޓަށް ޖެއްސި ޖެޓްތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ގްރައުންޑް ހޭންޑްލިންގްއިން ލިބުނު އާމްދަނީ އެ ކުއާޓަރުގެ ތެރޭގައި ވަނީ 88.9 ޕަސެންޓް އިތުރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *