ލިލީމަގު - ފައިލް ފޮޓޯ

މީހެއްގެ ސައިކަލެއް ނަގައިގެން ލިލީމަގުން ހިނގާފައި ދިޔަ ފަތުރުވެރިއެއްގެ އަތް ދަބަސް ޖަހައިގަނެގެން ދިޔަ ދެ މީހަކު އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ މި ލިލީ މަގުން ދެ ސައިލު ޖެހިގެން ރޭ އެކްސިޑެންޓެން ހިނގައިގެން 19:02 ހާއިރު ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. އަދި އެކްސިޑެންޓްވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރުމަށް ފަހު ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް ފުލުހުން ބެލި ބެލުމުން ހޯދިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ އަމަލު ހިންގި މީހުން ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި ސައިކަލުތައް ވަގަށް ނެގުމާއި، އަތްދަބަސް ފޭރުމަކީ ދޭތެރެ ދޭތެރެއިން ހިންގާ ކުށްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *