އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރ އަސްލަމް ބައެއް މެެންބަރުންނާއި މަޖިލިސް ސްޓާފަކާއި އެކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، 46 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.

44 މެންބަރުންގެ އިއްތިފާގުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ  މިއަދުގެ ބައްދަލުވުމުގައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް މިހާރު 46 މެންބަރުން ސޮއިކޮށްފައިވާ ކަމަށެވެ.

އަދި އެ ހުރިހާ މެންބަރުންވެސް އެދިވަޑައިގެންފައިވަނީ މައްސަލަ މިއަދު ހުށަހެޅުމަށް ކަމަށާއި، އެކަމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރައްވަމުން ގެންދަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މި ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރެއްވި އެއް މައްސަލައަކީ ރައީސް ނަޝީދުގެ މަސްލަހަތާ ގުޅޭ ކަންކަން އެޖެންޑާ ކުރެއްވުން ކަމަށާއި، ހާއްސަކޮށް ނަޝީދާ ގާތް މީހުން ހުށަހަޅުއްވާ މައްސަލަތައް އަވަހަށް އެޖެންޑާ ކުރައްވާ ކަމަށް މެމްބަރުން ފާހަގަކުރެއްވި ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީސް ރައީސްކަމުގައި އަބަދުވެސް އިންނަވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީއެއްގެ މެންބަރެއް ކަމަށެވެ. އެހެންކަމުން މިވަގުތު ރައީސް ނަޝީދަކީ އެމްޑީޕީ ބޭފުޅެއް ނޫން ކަމަށާއި، މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ އެމްޑީޕީ މެންބަރެއް ކަމުގައި ދެކިލައްވާ ކަމަށެވެ.

މީގެ އިތުރުން ނޮވެމްބަރު 17ގެ ފަހުން އެންޑީޕީ ވެގެންދާނީ އިދިކޮޅު ޕާޓީއަށް ކަމަށާއި މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލީހުގައި އެމްޑީޕީގެ ރިޔާސަތެއް އޮތުން މުހިންމު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ ޕާޓީއަށާއި ގައުމަށް ހިދުމަތް ކުރެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *