އިންޑިއާގެ 75 ވަރަކަށް ސިފައިންގެ ބޭކަލުން ރާއްޖޭގައި ތިބުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރުހިވަޑައިގަންނަވާ ކަމަށް ދޭހަވާ މޭރުމަކުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ދޮގުކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިރުޒުލް ވިދާޅުވީ، ރައީސް ނަޝީދުގެ އެ ވާހަކަފުޅަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި މަޝްވަރާ ކުރެވިގެން ދެކެވޭ ވާހަކަފުޅެއް ނޫން ކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ސްޓޭންޑަކީ "އިންޑިއާ އަދި އެހެން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓް ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކުވެސް ނުރުހެވޭނެއޭ، އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން އަދި ހަމަ އެހެންމެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ސާފުސަރީހަ ސްޓޭންޑް،" ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ފުށޫއަރާ ގޮތަށް މަޖިލީހުގެ ރައިސް، ޑރ. މުޢިއްޒު އަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރެއްވުމަށް ފިރުޒުލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *