ރައީސް ސޯލިހް

ފަލަސްތީނަށް ވެސް އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާ ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ ދެމިއޮތީ ފަލަސްތީނާ އެކުގައި ކަމަށެވެ.

ރައީސް ވަނީ އެއްވެސް ބާރެއްނެތް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލް ސިފައިން ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލައި، ދެ ދައުލަތް ސުލްހަވުމަށް ގޮވާލައްވާފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިއްޔެ ވަނީ ކުއްލި ގޮތަކަށް އިޒްރޭލަށް ހަމަލާތައް ދޭން ފަށައިފައެވެ. ހަމާސް އާއި އިޒްރޭލުން ވެސް ހަނގުރާމަ އިއުލާންކޮށް، އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ހަމާސް އިން އިއްޔެ ދިން ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ދިން ހަމަލާގައި ފަލަސްތީނުގެ 300 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

ރޭ ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނާއި އެކު ކަމަށެވެ. ފަލަސްތީނުގެ ބިންތައް ހިފުން ބާތިލް ކަމަށް ކަނޑައަޅާފައިވާ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ފުރިހަމައަށް ތަންފީޒުކޮށް، ގުދުސް އަކީ ފަލަސްފީނުގެ ބައެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް ރާއްޖެއިން ބުނެއެވެ.

އަދި މެދުއިރުމަތީގެ ސުލްހަ ދެމެހެއްޓޭނީ 1976 ގެ ކުރީކޮޅު ކަނޑައަޅާފައިވާ ބޯޑަރުތަކާއި އެއްގޮތަށް ޓޫ ސްޓޭޓް ސޮލިއުޝަންގެ ދަށުން  ފަލަސްތީނަކީ މިނިވަން ދައުލަތެއް އުފެއްދުމުގެ އިހްތިޔަރުދީގެން ކަމަށް ރާއްޖެއިނން ދެކެއެވެ.

އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގ ވެރިރަަށްކަމުގައި އަބަދުވެސް ރާއްޖެއިން ދެކޭ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *