މިދިޔަ ހުކުރުދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި، ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ބައްޕަ ނިޔާވެއްޖެއެވެ.

އުމުރުން 74 އަހަރުގެ އަޙްމަދު މަނިކު ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އަހްމަދު މަނިކަކީ ކުރީގެ ހެލްތް މިނިސްޓަރގެ އިތުރުން ރައްޔިތުން މަޖލީހުގެ ކުރީގެ މެމްބަރު އަދި ޖަފާނުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެވެސް ބައްޕައެވެ.

އަހްމަދު މަނިކު އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހު ސައިކަލެއްގައި ދަނިކޮށް ބޮޑުތަކުރުފާނުމަގު ޗައިނާ އެމްބަސީ ކުރިމަތިން ކާރެއްގައި ޖެހިގެންނެނެވެ.

އެކްސިޑެންޓަށްފަހު އަހްމަދު މަނިކަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫ ގައެވެ. އެކްސިޑެންޓާ ގުޅިގެން އޭނާ ބޮލާއި ނޭފަތް ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވެ އެވެ.

މަނިކުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *