ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިރޭ ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނާއި އެކު ކަމަށެވެ. ފަލަސްތީނުގެ ބިންތައް ހިފުން ބާތިލް ކަމަށް ކަނޑައަޅާފައިވާ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ފުރިހަމައަށް ތަންފީޒުކޮށް، ގުދުސް އަކީ ފަލަސްފީނުގެ ބައެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް ރާއްޖެއިން ބުނެއެވެ.

އަދި މެދުއިރުމަތީގެ ސުލްހަ ދެމެހެއްޓޭނީ 1976 ގެ ކުރީކޮޅު ކަނޑައަޅާފައިވާ ބޯޑަރުތަކާއި އެއްގޮތަށް ޓޫ ސްޓޭޓް ސޮލިއުޝަންގެ ދަށުން  ފަލަސްތީނަކީ މިނިވަން ދައުލަތެއް އުފެއްދުމުގެ އިހްތިޔަރުދީގެން ކަމަށް ރާއްޖެއިނން ދެކެއެވެ.

އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގ ވެރިރަަށްކަމުގައި އަބަދުވެސް ރާއްޖެއިން ދެކޭ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *