މަކަރާއި ހީލަތް ހަދައިގެން ތަފާތު ގޮތްގޮތަށް މީހުންގެ އަތުން ފައިސާ ފޭރޭ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ވެބިނާއެެއް ބާއްވަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްއެންޑީއޭ) އިން ތައްޔާރުވެއްޖެއެވެ.

އާންމުންނަށް ހުޅުވާލައިގެން، "ޕްރޮޓެކްޓިން ޔޯ ސޭވިންސް އެންޑް އިންވެސްޓްމަންޓްސް ފްރޮމް ފްރޯޑްސް އެންޑް ސްކޭމް" ގެ ނަމުގައި ބާއްވާ މި ވެބިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނު 10:00 އިން 11:30 އަށެވެ.

ވެބިނާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާއިރު، މި ވެބިނާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ. މި ވެބިނާގައި ކަމާ ގުޅުން ހުރި އެކި ދާއިރާގެ ބޭފުޅުން ބައިވެރިވެ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތަފާތު ގޮތްގޮތަށް ހިންގާ ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ މިކަމަށް އާންމުން ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތަކާއި ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް އިލްތިމާސްތައް ކުރަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *