އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 'ދަ ހިންދޫ' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވުމަށް ޓްރާންސިޝަން އޮފީހުން ބޭނުންވާކަމަށެވެ. އެހެންކަމުން ބޮޑުވަޒީރު މޯދީއަށް އެ ދައުވަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ޒަމާންނުއްސުރެ އޮންނަ ގުޅުމެއްކަން މުއިއްޒަށް އެނގިލައްވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވެރިކަމަށް ހުވާ ކުރެއްވުމަށް ފަހުގައި ވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހް ހުވާ ކުރެއްވި ރަސްމިއްޔާތަށްވެސް އިންޑިއާގެ ބޮޑުވަޱީރު މޯދީ ވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *