World Bank on glass building. Mirrored sky and city modern facade. Global capital, business, finance, economy, banking and money concept 3D rendering animation.

ރާއްޖެއިން 2026 ގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭއިރު، އެ ދަރަނީގެ އަސަރު ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު މި ސަރަހައްދުގެ އިގުތިސޯދީ ހާލަތާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ފައިނޭންސިން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، މާލީ ދާއިރާއަށާއި ޕްރައިވެޓް ސެކްޓަރަށް އެކަމުގެ އަސަރުކޮށް، ރާއްޖޭގެ ފިސްކަލް ހާލަތަށް ބަދަލު އަންނާނެއެވެ.

ދުނިޔޭގައި ތަކެތީގެ އަގު އުފުލުމާއި، ދައުލަތުގެ ޚަރަދު އިތުރުން އަދި ފައިސާ ޗާޕުކުރުމުގެ ސަބަބުން، މާލީގޮތުން ގިނަ ދަތިތަކެއް ކުރިމަތިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115 ޕަސެންޓުގައި ދަރަނި ހުރި އިރު، ޖީއެސްޓީ ބޮޑުކުރުން ފިޔަވާ، ޑެފިސިޓް ކުޑަ ކުރުމަށް ހަރުދަނާ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ދެ ހާސް ސައްބީސް ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ، 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑެއް ދެއްކުމަށް 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން 100 މިލިއަން ޑޮލަރުގެ ބޮންޑެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *