އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) : ވަން ފޮޓޯ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ތ. ގުރައިދޫ ކަމަށް ވިދާޅުވެއްޖެ އެވެ.

ވަގުތު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ހުރިހާ ރަށްރަށަށް އެއްފަހަރާ ދަތުރުކުރެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ އިންސާފުވެރި ގޮތަކީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި ރަށަކަށް އެންމެ ފުރަަތަމަ ޒިޔާރަތްކުރެއްވުން ކަމުގައި ނިންމެވި ކަމަށެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު މުއިއްޒު ހޯއްދެވިއެވެ.

ސަރުކާރު ތެރޭގައި ކުރައްވަން ޖެހިވަޑައިގަންނަވާ ބައިވަރު މަސައްކަތްތައް ހުއްޓަސް، ވަރަށް އަވަހަށް ތ. ގުރައިދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *