އެމްއެމްއޭ

ބޭނުންކުރެވޭ ރިޒާވްގައި ހުރީ 151 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ހުކުރު ދުވަހު އާންމުކުރި ތާފަސްހިސާބުގައިވާ ގޮތުން މިއަހަރުގެ ޖުލައި މަހާ އަޅައި ބަލާއިރު އޮގަސްޓު މަސް ހުސް ވި އިރު ބޭނުން ކުރެވޭ ރިޒާވް ވަނީ އިތުރުވެފައިކަމަށާއި ޖުލައި މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 594.1 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޮގަސްޓު ނިމުނު އިރު 694.2 މިލިއަން ޑޮލަރު ރިޒާވްގައި ހުރި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ޖުލައި މަހުގައި ބޭނުންކުރެވޭ ރިޒާވްގައި 125 މިލިއަން ޑޮލަރު ހުރިއިރު އޮގަސްޓު މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 151 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. އެއީ 26 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސްގެ ތަފާތުހިސާބުތަށް ދައްކާ ގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސް ފަދަ އަސާސީ މުދާ އެތެރެކުރަން މަހަކު އެވްރެޖްކޮށް 66 މިލިއަނެއްހާ ޑޮލަރު ބޭނުންވާނަމަވެސް، ބޭނުން ކުރެވޭ ރިޒާވްގައި ހުރި ފައިސާއިން މިހާރު ފުދޭނީ ދެތިން މަސް ދުވަހަށް ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *