ސެޕްޓެންބަރު މަހު ބޭރަށް ހިންގުމުގެ 5357 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، މިދިޔަ ހަފްތާގައި މި ކޭސްތައް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ރިޕޯޓްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި އޮގަސްޓް މަހާއި އަޅާކިޔާއިރު ސެޕްޓެމްބަރު މަހު ބޭރަށް ހިންގުން ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށަށް ގޮސްފައިއެވެ. އޮގަސްޓު މަހު 7313 ކޭސް ރިޕޯޓުކޮށްފައިވާއިރު ސެޕްޓެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 5357 ކޭސް އެވެ.

ވޭތުވެދިޔަ 3 ހަފްތާއަށް ވުރެ މިދިޔަ ހަފްތާގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދުތައް ވަނީ އިތުރުވެފައެވެ. މާލޭގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ އަތޮޅުންނާއި، ކ އަތޮޅުންނެވެ. ހދ.އަތޮޅުން 2153 ކޭސް ރިޕޯޓުކޮށްފައިވާއިރު، ކ.އަތޮޅުން 2225 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އެޗްޕީޭއިން މައުލޫމާތުދޭ ގޮތުގައި ސެޕްޓެންބަރު މަހުގައި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓު މަހު އަރިދަފުސް ރޯގާގެ 30082 ކޭސް ރިޕޯޓްކޮށްފައިވާއިރު ސެޕްޓެންބަރު މަހު 30568 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *