ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު -- ފޮޓޯ: ކަރެކްޝަންސް

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަން ފެންނަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނިގެން މިދަނީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުރެމުން އަންނަތަން ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގާއިމު ކުރެއްވުމާއި ގުޅިގެނެވެ.

ކޮމިޝަނަރގެ ޕޯސްޓުގައި ވިދާޅުވީ ފެނިގެންމިދަނީ ބާރުތައް ފުރޮޅާލުމުގައި ސުލްހަވެރިކަމާއި ޤައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ މަންޒަރު ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މަޢުލޫމާތު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވަނީ ރައީސް އޮފީހުގެ ދެންނެވުމުގައި ބަޔާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *