ސިނަމާލެ ބްރިޖް- ފޮޓޯ: ސީއެމް

ސިނަމާލެ ބްރިޖް ހައިވޭ ގެ މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅިން 4 ކާރު ޖެހި އެކްސިޑެޓެއް ވެއްޖެއެވެ.

ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅިން 4 ކާރު ޖެހި ބޮޑު އެކްސިޑެޓެއް ވުމުގެ ސަބަބުން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

4 ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ބްރިޖްގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ސަރަހައްދުގައި ވަނީ ޓްރެފިކް ބްލޮކްވެ ދަތުރުތައް ހުއްޓުމަކަށް އައިސްފައިކަމަށް ފުލުހުން ބުނެއެވެ. ވެހިކަލްތަކަށް ކުރިއަށް ނުދެވި މުޅި ހައިވޭގެ ދަތުރު ހުއްޓިފައިވާތާ ގަޑިއެއްހާއިރު ވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބެއް ސާފު ނުވާއިރު އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނޫން ކަމެއްވެސް ވެސް ސާފު ނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު ދަނީ މިމައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *