އައްޑޫ ސިޓީ މީދޫ، ޔާގޫތުގޭގެ ފެންޑާގައި ރޭ ބަހައްޓާފައި ހުރި ދެ ސައިކަލްގައި ރޯކޮށްލުމުން ލިބިފައިވާ ގެއްލުތަކާ ހެދި، އެ ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 11:30 ހާއިރުއެވެ. އަދި، އެ މައުލޫމާތު ލިބުމާ އެކު ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ގެއަށް ވަނީ އެކިވަރުގެ ގެއްލުތައް ވެފައެވެ.

އެގޮތުން އަލިފާން ފެތުރި އެ ގޭގެ ފެންޑާގެ ސީލިންއާއި ސިޓިން ރޫމްގެ ސީލިން އަދި ބައެއް ދޮރުތަކާއި އެހެނިހެން ބައެއް ތަކެތީގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި، ގޭގެ އެއް ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ ވިދާޅުވީ ގޭގެ ރޯކޮށްލުމާ ގުޅިގެން އެ ގެއިން އަސާސީ ހުރިހާ ހިދުމަތެއް ކެނޑިފައިވާ ކަމަށެވެ.

ސާލިހާ ވިދާޅުވީ މި ހާދިސާއާ ގުޅިގެން ގެއަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއް ހެދުމަށް ފަހު، ޑިޒާސްޓ މެނޭޖްމަންޓް ސެމްޓަރަށް ފޮނުވުމުން ވަރަށް އަވަހަށް އާއިލާ އަށް ވަގުތީ ހިޔާ ހަމަޖައްސައި ދީފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *