މަހާދޭވް މަނީ ލޯންޑަރިންގެ މައްސަލައިގައި ރަންބީރު ކަޕޫރާއި ސުވާލު ކުރަން ހާޒިރުވުމަށް އެންގީ ތުހުމަތު ކުރާތީކީނޫން ކަމަށާއި އޭނާއަށް ގުޅާފައިވަނީ އެ އެޕް ޕްރޮމޯޓުކުރުމަށް ލިބުނު ފައިސާއާއި ބެހޭ މައުލޫމާތު ހޯދަންކަމަށް އިންޑިއާގެ ދިއްލީގައި ހުންނަ އެންފޯސްމަންޓް ޑިރެކްޓަރޭޓް(އީޑީ) އިން ބުނެފިއެވެ.

އެންފޯސްމަންޓް ޑިރެކްޓްރޭޓުން ބުނީ ރަންބީރް ކަޕޫރް އެ އިދާރާއަށް ސުވާލުކުރަން ހާޒިރުވާމަށް އެންގީ މަހާ ދޭވް އެޕްގެ ބެޓިން ވިޔަފާރީގެ މުއާމަލާތްތައް ދެނެގަތުމަށްކަމަށެވެ. ރަންބީރް އާ ސުވާލުކޮށް އޭނާއަށް ލިބުނު ފައިސާތަކާއި ބެހޭ ގޮތުން އޭނާއަށް އެކަމާއި ގުޅޭގޮތުން އެއްވެސް ހަބަރެއް ލިބިފައިވޭތޯ ބެލުން މުހިއްމު ކަމަށް އީޑީ އިން ބުނެއެވެ. އީޑީ އިން އިތުރަށް ބުނީ ރަންބީރްގެ ފަރާތުން މައުލޫމާތެއް ލިބިއްޖެނަމަ އެއީ ޕްރޮމޯޓަރުންނާއި އެމީހުންގެ އެ ޖަމިއްޔާގެ ރޭވުންތައް ދައްކުވައިދޭނެ ކަމެއްކަމަށް ބެލެވޭކަމަށެވެ.

މީގެ އިތުރުން އީޑީ އިން ބުނީ ރަންބީރު ކަޕޫރަކީ ރޭވުމުގެ ބައެއް ނޫން ކަމަށްވީ ނަމަވެސް ރަންބީރް ހާޒިރުކޮށް އޭނާއާއި ސުވާލުކުރުމުން މި ސްކޭމްއާއި ގުޅޭ ކަންކަން އެ އިދާރާއިން ތަހުގީގުކޮށް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ބޮލީވުޑްގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި މައްސަލައިގައި އެހެން ގިނަ މަޝްހޫރު ފަރާތްތަކާއި އެކްޓަރުންވެސް ވެސް ތިބިކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މި ފަރާތްތައްވެސް ވަރަށް އަވަހަށް ސުވާލުކުރަން ގެންނާނެކަމަށް އީޑިން ވަނީ ބުނެފައެވެ.

ބައެއް މީޑިއާތަކަށް އެނގިފައިވާގޮތުން އީޑީން ވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ޗައްޓީސްގަރުގެ ރައިޕޫރުގައި ހުންނަ އެ އިދާރާގެ އޮފީހަށް ހާޒިރުވުމަށް ރަންބީރު ގާތު އެދިފައިކަމަށެވެ.

މަހާދޭވް އެޕްގެ ސަބަބުން އޮންލައިންކޮށް ތަފާތު ގޭމްތަކަށް ގަވާއިދާ ހިލާފަށް ބެޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވިގެންގޮސްފައެވެ. މި އެޕް ހިންގަނީ ދުބާއީގައި ދިރިއުޅޭ ސައުރަބް އާއި ރަވީ އުއްޕާލް ކިޔާ 2 މީހަކުކަމަށް ބައެއް މީޑިއާތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މި ކުންފުނި ހިންގަނީ ދުބާއީގައި ކަމަށްވާއިރު އެގައުމުގައި ބެޓް ކުރުމަކީ ގާނޫނާއި ހިލާފު ކަމެއް ނޫނެނެވެ. ނަމަވެސް ބެޓް ކުރުމަކީ އިންޑިއާގައި ގާނޫނާ ހިލާފު ކަމެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *