ޚަބަރު
ތާރީހުތަކާ އެއްގޮތަށް ދަރަނިތައް މިދަނީ ދައްކަމުން: ރައީސް

މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ރާއްޖޭން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް، އެ ދަރަނިތައް ދައްކަން ޖެހޭ މުއްދަތުތަކުގައި ދައްކައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫތައް ކުރިއަށް ގެންދާނީ ފައިސާ ޗާޕު ނުކޮށް ކަމަށާއި ބޭރުގެ ދަރަނިތައްވެސް ދައްކަން ޖެހޭ މުއްދަތުތަކަށް ދައްކަމުން ކަމަށެވެ.

މިހާތަނަށް، މި އޭޕްރިލް މަހާއި ހަމައަށަ އައިރުގައި، ޑެޑްލައިން އައިއްސަ ހުރި، މާނަ އަކީ ބޭރުގެ ދަރަނި ދައްކަން ހުރި ހުރިހާ ތާރީހު ތަކަކަށް އަޅުގަނޑުމެން ދަރަނި ދައްކައިފިން. އަޅުގަނޑުމެން ނުބާއްވަން އެއްވެސް އެއްޗެއް ނުދައްކާ.

ރާއްޖޭން ބޭރުން ނަގާފައިވާ ދަރަނިތަކުގެ އިތުރުން ރައީސް ވަނީ ލ. މާވަށު ތަރައްގީއަށް ކުރައްވަން ނިންމާފައިވާ ކަންކަމުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފަ އެވެ. ރައީސް ވިދާޅުވީ މާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށާއި އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށްގެންގޮސް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top