އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ކެބިނެޓު އެކުލަވައިލާއިރު، މިނިސްޓްރީތަކުގެ އަދަދު މަދުކުރަން ވިސްނަވާނެ ކަމަށާއި ނަމަވެސް ބޮޑަށް ބައްލަވާނީ މެނިފެސްޓޯގައި ހުރި ކަންކަމުގެ މަސައްކަތްތަށް އަވަސްގޮތަކަށް ކުރިޔަށް ގެންދެވޭނެ ގޮތަކާއި މެދުކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ މިހާރު ފެންނަނީ ފެށިފައި ހުރި ގިނަ މަސައްކަތްތަކެއް ނުނިމިހުރިތަން ކަމަށާއި، އެކަންކަން ނިމި ހިދުމަތްތައް ދެވެމުން އަންނަ ނަމަ، މިނިސްޓްރީތައް ގިނަވެގެން ރައްޔިތުން ޝަކުވާ ނުކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިފަހަރު ކެމްޕޭނަށް ރަށްރަށަށް ވަޑައިގެންނެވިއިރު ފެނުނީ އެއްވެސް ކަމެއް ނުވެ އޮތް ތަން ކަމަށާއި ފެށިފަހުރިކަމެއް ވެސް ހުރީ ހުއްޓިފަކަމަށެވެ. މުއިއްޒު ވިދާޅުވީ މިނިސްޓްރީތައްވެސް ގިނަވެއްޖެކަމަށާއި މިނިސްޓްރީތަކުން ކުރި ކަމެއްވެސް ފެންނަން ނެތްކަމަށެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، މިނިސްޓްރީ ތަކުގެ އަދަދު ކަނޑައެޅުއްވުމުގައި ބައްލަވާނީ ރައްޔިތުން ކުރެއްވި އިތުބާރާއި ރައްޔިތުންނާއި ހަމަޔަށް ގެންދެވި މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަމަކުރެވޭނެ ގޮތަކަށް ކަމަށާއި 18 އަކީ ވެސް ގޯސް އަދަދެއް ނޫން ކަމަށެވެ.

އިންތިހާބީ ރައީސް އިތުރަށް ވިދާޅުވީ މީހަކަށް ވަޒިފާއެއް ދޭށޭ ކިޔާފައި، އެ މަނިކުފާނުގެ ސަރުކާރުން މީހުނަށް މަގާމުތައް ނުދޭނެ ކަމަށާއި ކުރާނެ މަސައްކަތެއް ނެތި އެއްވެސް މީހަކަށް ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *