އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފިއެވެ.

ދ.ކުޑަހުވަދޫއަށް ނިސްބަތްވާ ފިރުޒުލްއަކީ މިސްރުގެ އަޒުހަރު ޔުނިވާސިޓީން ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.

އިންތިގާލީ ސްޕޯކްސްޕާސަންގެ މަގާމަށް ފިރުޒުލް ހަމަޖައްސަވާފައިވާއިރު ވެރިކަން ބަދަލުވުމާއިއެކު އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ވަނީ ޑައިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށްވެސް ބޭފުޅަކު ހަމަޖައްސަވާފައެވެ.

އެ މަގާމަށް ކަނޑައަޅުއްވާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *