އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، އޭނާ މަގާމުން ވަކިކޮށްފިއެވެ.

މިއީ އެމެރިކާގެ 234 އަހަރު ވީ ދިގު ސިޔާސީ ތާރީހުގައިވެސް ހައުސްގެ ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކި ކުރި ފުރަތަމަ ފަހަރެވެ.

އުމުރުން 58 އަހަރުގެ މެކާތީ އާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ، ރައީސް ޖޯ ބައިޑަންގެ ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ދޫކުރަން ފާސް ކުރުމުގައި އޭނާ އިސްކޮށް މަސައްކަތްކޮށް ބައިވެރިވެފައިވާތީއެވެ. އަދި ސަރުކާރު ހުއްޓުނަ ނުދިނުމަށް ނުވަތަ ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓު ފާސް ކޮށްފައިވަނީ މެކާތީގެ އެހީތެރިކަމާ އެކުގައިކަމަށް އެމެރިކާގެ މީޑިއާތަކުން މައުލޫމާތުދެއެވެ.

މެކާތީ މަގާމުން ދުރުކުރުމަށް ގޮވާލެއްވީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މެޓް ގޭޓްސްއެވެ. ހޯމަ ދުވަހު އެނާ ވަނީ މަޖިލީހުގެ ތަޅުމަށް ހާޒިރުވެ މަޖިލިހުގެ ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް އިއުލާންކޮށްފައެވެ. މެކާތީގެ ބަދަލުގައި ހައުސްގެ ރައީސް ކަމުގެ މަގާމާއި ދެން ހަވާލުވެ ވަޑައިގަންނަވާނީ ކޮން މެންބަރެއްކަން އަދި އެނގިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *