ރައީސް މުހައްމަދު ނަޝީދު

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއިމެދު ބަދުބަސް ބުނެ މި ސަރުކާރުގެ ބައެއް ވެރިން ބޭރުގެ ފަރާތްތަކަށް މެސެޖު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޑރ. މުޢިއްޒުގެ ސަރުކާރާ ގުޅުވައިގެން ނުބައި މޭރުމެއްގައި ވާހަކަ ދައްކައި، މިހާރު ކެބިނެޓުގެ ބައެއް ވަޒީރުން ބޭރުގެ އިއްޒަތްތެރިންނަށް މެސެޖު ފޮނުވަމުންދާ ކަމަށެވެ.

އަދި އެ މެސެޖުތައް އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީވެސް ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން މި ވާހަކަތައް ސާފުނުވާ ކަމަށެވެ.

މިފަދަ މެސެޖު އެކިފަރާތްތަކަށް ނުފޮނުއްވުމަށް ރައީސް ވަނީ މި ސަރުކާރުގެ އިސް ބޭފުޅުންނަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ "ދަ ޑިމޮކްރެޓެސް" އިން ވަނީ ރަސްމީކޮށް ޑރ. މުޢިއްޒުގެ ސަރުކާރުގައި ބައިވެރިވާކަން އިޢުލާން ކޮށްފައެވެ. ނަމަވެސް ރަސްމީކޮށް ޕީޕީއެމް/ޕީއެންސީ އާއި އެކު ޑިމޮކްރެޓްސް އިން ކޯލިޝަން އެއް މިހާތަނަށް ހަދާފައެއްނުވެއެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ، ނިޒާމީ ވޯޓު ނެގުން މަޑުޖައްސާލުމަށް ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ވިދާޅުވެފައެވެ.

ނިޒާމީ ވާހަކަތައް އަބަދުވެސް މި މުޖުތަމައު ތެރޭގައި ދައްކަމުން އަންނާނެކަން މުޢިއްޒުގެ އަރިހުގައި ދެންނެވިކަން ފާހަގަކުރައްވާ ނަޝިދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ލަފައެއް ހޯދުމަށް މުއިއްޒު ދެކޮޅު ނޫން ކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅު ކަމަށް ނިންމާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *