މަތިވެރި ދާއިރާގެ މެންބަރު ޒަރީރު - ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރު ޖެރެނަލްގެ އޮފީހުން ބުނީ މެއި އެއްވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ހަބީބީ ކެފޭ ތެރޭގައި މެމްބަރު ހަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ އާއި ތ. ކިނބިދޫ، ދީފުރަމްގެ، އަހްމަދު އަވްޝަމްގެ އިތުރުން މ. ތާޖް، މުލާއިމް މުހައްމަދުގެ މައްޗަށެވެ.

މި މައްސަލައިގައި ގައްބަރޭގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ބާކިތިބި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *