ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ.
އަދާލަތު ޕާޓީން ބުނީ ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.
އަދާލަތުން މިގޮތަށް ފާސްކޮށްފައިވާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގާނަމަ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 90 މެމްބަރުންގެ ތާއީދާއެކު ރޭ ވަނީ ނިންމާފައެވެ.