މަރަދޫ ދާއިރާގެ މެންބަރު ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ހަތަރު މީހުން ބަންދުގައި ބޭތިބުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާ އާއި 24 އަހަރުގެ ދެ މީހުންގެ މައްޗަށް ވަނީ 60 ދުވަހުގެ މުއްދަތު ޖަހާފައެވެ. ދެން ހުރި މީހާގެ ބަންދައް ޖަހާފައިވަނީ 30 ދުވަސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދިޔަ ވަގުތު ޝަރީފް އަށް ހަމަލާދީފައިވަނީ މެންހަޓަންގެ ތެރޭގައި އޭނާ ހުންނަވަނިކޮށެވެ. މި ހަމަލާގައި ޝަރީފުގެ ވާތު ލޯ ކައިރިން ވަނީ ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައެވެ. އަދި ނޭފަތްމަތިންވެސް ޒަހަމުތައް ފެންނަން ހުއްޓެވެ.

ޝަރީފްގެ އިތުރުން ހަމަ އެ ދުވަހު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *