އަމާންކަން ކަށަވަރުކޮށް ނުދެވޭ ވަރުގެ ފަރާތެއް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމަނުޖެއްސުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ރައީސް މުއައްސަސާތަކަށް ވެރިން އައްޔަންކުރެއްވުމަކީ، އޭނާ އަށް ބެހޭ ކަމެއް ނޫން ކަމަށާއި، "އެމީހެއްގެ ރޮނޑު ހަން ދަމާނެ ގޮތް އެނގޭނީ އެމީހަކަށް" ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ވެސް ގައުމަށް ވީތީ ހިތަށް އުނދަގޫ ވަރުން މި އިލްތިމާސްކުރެއްވީ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ސަފުތައް ރޫޅި، މުއައްސަސާގެ މަސްލަހަތު ގެއްލި، ޤައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމަނުޖެއްސުމަށް މުއިއްޒަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަރުކާރު ހިނގާނީ ބާރު ސްޕީޑުގައި ކަމަށާއި ގައުމަށް ބޭނުން ވަނީ ހަމަޖެހުން ކަމަށްވާއިރު ނިޒާމުގެ ތެރެއިން ކަންކަން ކުރަން ފުރުސަތު ދިނުމުން ރައްޔިތުންނަށްވީ ކޮންމެ ވައުދެއް ވެސް ފުއްދަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.