ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން، މަރުހަބާ ވިދާޅުވެއްޖެއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރި ކަމުގެ ގުޅުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ގުޅުމެއް ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ޗައިނާއަކީ އެއް ގައުމުން އަނެއް ގައުމަށް އިތުބާރު ކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާތް ރަހުމަތްތެރިންގެ އިތުރުން، އާންމު ތަރައްގީއާއި ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރާ 2 ގައުމު ކަމަށް ވެސް ޝީ ވަނީ ވިދާޅުވެފައެވެ.

މުއިއްޒު، ރާއްޖޭގެ ހައުސިން މިނިސްޓަރު ކަން ކުރެއްވެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ޗައިނާއާ ވަރަށް ގާތް އަދި ވަރަށް ބަދަހި ގުޅުމެއް ބޭއްވި ސަރުކާރެކެވެ. ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ޗައިނާގެ އެހީއާއެކުގައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އިންތިހާބީ ރައީސް ޑރ. މުއިއްޒުއަށް އެކި ގައުމުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ބަލާއިރު އެމެރިކާ، އިންޑިއާ އަދި ލަންކާ، ޕާކިސްތާނުން ވެސް ވަނީ ޑރ. މުއިއްޒުއަށް މަރުހަބާ ކިޔާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *