12 ޖުލައި 2023 އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނާއިބު ރައީސް އިސްލާއީްލް ހަބީބު --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ނިޒާމީ ވޯޓު މިމަހު ނެގިދާނެ ކަމަށް ކުރިން ބުނިނަމަވެސް މިއަދާ ހަމަޔަށްވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އޮކްޓޯބަރ މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން، އިންތިޚާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ.

ހަބިބު ވިދާޅުވީ އިންތިޚާބަށް އިޢުލާން ކުރުމާއި، ރަޖިސްޓަރީ ޢާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، އޮފިޝަލުން ތަމްރީން ކުރުމާއި، ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި، ވޯޓު ކަރުދާސް ތައްޔާރުކޮށް ޗާޕުކުރުން ފަދަ ކަންކަމަށް އެވަރުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރައްވައި، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ވަގުތަކީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ހިނގަމުން އައި ވަގުތާ އެއް ވަގުތަކަށް ވެފައި، އެފަދަ ވަގުތެއްގަައި ކޮމިޝަނަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ، އޮކްޓޯބަރ 30 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ދެންނެވިފައިވީނަމަވެސް، މިއަދާ ހަމަޔަށްވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އޮކްޓޯބަރ މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ހަބީބު ވިދާޅުވިއެވެ.

މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި، މިކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *