ރައްޔިތުންގެ މަޖިލީހުގެ ރައީސް  މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އިންތިހާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުالله އާއި މަޖިލީހުގެ ބައެއް މެންބަރުން ވަނީ އިންތިހާބީ ރައީސް އަށް މަރުހަބާ ދަންނަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު އެވެ. ރާއްޖޭގެ ނިސްބަތުން 87.31 އިންސައްތަ މީހުން ވޯޓުލި މި އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަށް ލިބިވަޑައިގެންނެވީ 129،159 ވޯޓެވެ.

ޕީޕީއެމް/ޕީއެންސީން މަޝްވަރާކުރުމަށް ފަހު ޑރ. މުއިއްޒު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ގޮތުގައި ނެރެފައިވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ފުރިހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވުމުގެ ސަބަބުންނެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އާދީއްތަ ދުވަހު ރައީސްއޮފީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއިވެސް ބައްދަލުކުރައްވާފައެވެ.

ޑރ. މުއިއްޒު ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކަންކަން މަޖިލީހުން ހަމަޖައްސަވަމުންދާއިރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ނޮވެމްބަރު 17 ގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *