މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ،

ރިޔާސީ ނިޒާމަކުން ބަެުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީ އާއި ހިލާފު ހުށަހެޅުމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އަދި ރައްޔިތުންގެ ރުހުމާއި ނުލާ ގާނޫނަށް ބަދަލު ގެނެވޭ ގޮތަށް އިމްތިޔާޒް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.

އިއްޔެ އެ ޖަމުއިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމްތިޔާޒްގެ އެ ހުށަހެޅުއްވުމުގެ ސަބަބުން ގާނޫނަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންނަށް އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ހަނިވެގެންދާ ކަމަށެވެ.

ޓްރާންސްޕޭރެންސީ އިން ބުނީ ގާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާ ބާރުގެ ބޭނުމަކީ ރައްޔިތުންނާއި ގުޅުންހުރި މާއްދާތައް އެ އިރަކު އިންތިހާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންގެ ރުހުމާއި ނުލާ ބަދަލުކުރުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.

އަދި”އަސާސީ ހައްގުތަކާއި މިނިވަންކަން“ މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކާއި، މަޖިލީހުގެ އުމުރާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް އިސްލާހު ކުރަންވާނީ ރައްޔިތުންގެ ވޯޓެއް ނެގުމަށްފަހު ކަމަށް ބަޔާން ކުރާ ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *