އަލްޓްރާ ޕްރޮސެސްޑް ކޮށްފަ ހުންނަ ކާނާ ބޭނުންކުރުމުން ނަފްސާނީ ސިއްހަތު ދަށްވެދާނެކަމަށް އިންޑިއާއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

30،000 މީހުން ބައިވެރިވެގެން ކުރި މިދިރަސާގައި ވަނީ ދުވާލަކު އެތައް ފަހަރަކު އަލްޓްރާ ޕްރޮސެސްޑް ކާނާ ބޭނުންކުރާ މީހުންނާއި، މަދުން ނަމަވެސް މިފަދަ ތަކެތި ކައި އުޅޭ ނުވަތަ އެއްގޮތަކަށް ވެސް އެވައްތަރުގެ ކާނާ ބޭނުން ނުކުރާ މީހުންނާ އަޅާ ކިޔާފައެވެ. އެ މީހުންނަށް ހޯދިފައިވަނީ ގިނައިން އެފަދަ ކާނާ ބޭނުންކުރާ މީހުން ބަލިތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް 3 ގުނަ އިތުރުވާކަމަށެވެ. މި ދިރާސާ ކުރި ފަރާތުންވަނީ ހުރިހާ ނަސްލުތަކާއި ހުރިހާ އުމުރުފުރާތަށްވެސް މި ކަމަށް ހޯދި މައުލޫމާތުތަކުގައި ހިމަނާފައެވެ.

ތައްޔަރީ ކާނާއާއި ގުޅިގެން ކުރިން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި މާގިނައިން މިފަދަ ކާނާ ބޭނުންކުރުމުން އޮބޭސިޓީއާއި، ހަކުރު ބައްޔާއި އަދި ހިތުގެ ބަލިތަށް ޖެހުމަށް ފުރުސަތު ބޮޑުވެއެވެ. އަދި އެންމެ ފަހުން ކޮށްފައިވާ ދިރާސާތަކުން އެގެނީ ތައްޔާރީ ކާނާ ބޭނުންކުރުމުން ޑިޕްރެޝަން އަށް މަގު ފަހިވެ ނުވަތަ މީހާ ނަފްސާނީ ގޮތުން ބަލިކޮށްލާކަމަށެވެ. މި ދިރާސާއިން ޑިޕްރެޝަންގެ އަލާމާތްތަކުގެ ފުރިހަމަ ޕްރޮފައިލް ބަލާފައިވާއިރު، ތައްޔާރީ ކާނާ ކެއުމުގެ މިންވަރު ގިނަވުމުން ޑިޕްރެޝަންގެ އަލާމާތްތައް ގޯސްވާ ކަމަށް ވެސް ދައްކައެވެ. އަދި ތިމާގެ ހިޔާލާއި ވިސްނުމުގެ ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަންވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

ތައްޔާރީ ކާނާ ބޭނުންކުރުމުން އާންމުކޮށް ފެންނަ ޑިޕްރެޝަންގެ އަލާމާތްތަކުގެ ތެރޭގައި ހިތާމަވެރިކަމާއި އުއްމީދު ގެއްލިގެން ދިއުމުގެ އިތުރުން ކާހިތްވުން ރެގިއުލޭޓް ވެގެން ދިއުމަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ ކަމަށް އެ ދިރާސާއިން ދައްކައެވެ.

ސޭޕިއަންސް ލެބް ގައި މަސައްކަތްކުރަމުން އަންން ނިއުރޯ ސައިންޓިސްޓް ޓާރާ ތިއާގަރަޖާން ބުނާ ގޮތުގައި އަލްޓްރާ ޕްރޮސެސްޑް ކާނާއަކީ މައިގަނޑު ގޮތަކަށް ބުނާނަމަ އިންޑަސްޓްރިއަލް ސްކޭލެއްގައި އުފައްދާ ކާނާއެވެ. އޭގެތެރޭގައި ދަޅާއި ފުޅީގައި ބަންދުކޮށްފައިހުންނަ ލުއި ބުއިންތަކާއި، ޕެކެޓް ކޮށްފައިހުންނަ ޗިޕްސް އާއި އަދި ބިސްކޯދު ފަދަ ތަކެތި ހިމެނެއެވެ. އޭނާ ބުނާ ގޮތުން މިފަދަ ކާނާ ވަކިކުރަން އެނގޭނެ އެންމެ ފަސޭހަ ގޮތަކީ ޕްރޮސެސްޑް ކާނާ ބަންދުކޮށްފައި ހުންނަ ބޭރުގެ ލިޔުމަށް ނަޒަރު ހިންގާލުމެވެ. އޭގައި އެކުލެވޭ ތަކެތީގެ ނަންތައް ބަލާލާއިރު އާންމުގޮތެއްގައި ގޭގައި ކެއްކުމަށް ބޭނުންކުރަން އަޅާ ތަކެއްޗާ ވަރަށް ތަފާތު ވާނެކަމަށް ތިއާގަރަޖާން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *