ރިޔާސީ އިންތިހާބުގެ ތެރެއިން ސޯޝަލް މީޑިއާގައި ރާވައިގެން ރައީސްއާއި ދެކޮޅަށް ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕެއިނެއް ހިންގާފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން ބުނެފިއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައުވަތު ލިބިގެން އައި ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން އިންތިހާބުގެ ކަންކަން މޮނީޓަރކޮށް ވަރަށް ގާތުން ބަލާފައިވާއިރު އިންތިހާބުގެ އިންތިޒާމުތަކުން ފެށިގެން ކެމްޕެއިން ހަރަކާތްތަކާއި، ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓުތަކާއި، އަދި ޙަބަރާއި މައުލޫމާތު ވެސް ގެނެސްދީފައިވާ ގޮތް ވަރަށް ތަފްސީލްކޮށް ބަލާފައިވެއެވެ.

އިންތިހާބާއި ގުޅޭ ފުރިހަމަ ރިޕޯޓެއް އަންނަ ޖެނުއަރީ މަހު އާންމު ކުރައްވާނެ ކަމަށް އީޔޫގެ އޮބްޒާވަރުންގެ ޓީމުން ހާމަކުރިނަމަވެސަ އިންތިހާބުގެ ދެވަނަ ބުރު ނިންމާލުމަށް ފަހު އިބްތިދާޢީ ރިޕޯޓެއް ވަނީ އިއުލާންކޮށްފައެވެ.

އިންތިހާބުގެ ވޯޓުލުމުން ފެށިގެން ގުނުމާއި އަދި އޭގެ ކުރިން ކުރެވުނު މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ކޮށްފައިވީނަމަވެސް އިންތިހާބުގެ ތެރެއިން އޮންލައިކޮށް ދޮގު މައުލޫމާތު ފެތުރުމުގެ ބޮޑު ކެމްޕެއިނެއް ހިންގާފައިވާކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

އީޔޫއިން ބުނީ އޮންލައިންކޮށް ހިންގާ ނޫހެއް ކަމަށްވާ ދިޔަރެސްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަމަށާއި ބައެއް ސޯޝަލް މިޑީއާ އިންފްލުއެންސަރުން އެކްސްގައި އޮޅުން އަރާފަދަ ގޮތަކަށް ޕޯލްތަކާއި ދޮގު މައުލޫމާތު ފަތުރާފައިވާކަމަށެވެ.

އީޔޫއިން ވަނީ މިކަން ބެލުމަށް ސޯޝަލް މީޑިއާގައި ސެޕްޓެމްބަރު 10 އާއި 29 އާއި ދެމެދު ކުރެވިފައިވާ 3731 ޕޯސްޓެއް ދިރާސާކޮށްފައެވެ.

އީޔޫގެ ރިޕޯޓްގައި އިތުރަށް ބުނީ އިންތިހާބުގެ ތެރެއިން މިޑީއާ ހަރަކާތްތަކަށް ބަލާއިރު، އަމިއްލަ މީޑިއާތަކުން އެ ފަރާތެއް ބުރަވާ ކެންޑިޑޭޓެއްގެ ފަހަތަށް އަރައި ބޮޑު ކަވަރޭޖެއް ދިންކަން ފާހަގަވިކަމަށެވެ. އެގޮތުން ރާއްޖެ ޓީވީން އިދިކޮޅު ކެނޑިޑޭޓާއި މެދު ނުރަނގަޅު ތަޞައްވަރެއް ދެއްކުމަށް ޙަބަރު ގެނެސްދީފައިވާއިރު ޗެނަލް 13 އިންވެސް ސަރުކާރާއި ދެމެދު ނުރަނގަޅު ތަޞައްވަރެއް ދެއްކުމަށް މަސައްކަތް ކުރިކަމަށް އިޔޫ އިން ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބުގެ ތެރޭގައި އެންމެ ގިނައިން އޮޅުވާލުމާއި ދޮގު މައުލޫމާތު ފެތުރުމަށް ބޭނުން ކޮށްފައިވަނީ ފޭސްބުކް އަދި ޓްވިޓަރ ކަމަށް އީޔޫ އިން ފާހަގަ ކުރެއެވެ. ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އާއި ގުޅޭ އެފްބީ ޕޭޖުތަކާއި އެކައުންޓުތަކުން 500 ޑޮލަރު ފޭސްބުކް އިސްތިހާރަށް ޙަރަދު ކުރިކަމަށް ދައްކާއިރު އެމްޑީޕީ އާއި ގުޅޭ ޕޭޖުތަކުން ޙަރަދު ކޮށްފައިވަނީ 150 ވަރަކަށް ޑޮލަރު ކަމަށް އީޔޫން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *