ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް ކުރާން ޖެހިއްޖެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައެއް ކަންކަން ސާފުކުރުމަށް ފޮނުވާފައިވާ މައްސަލަ އެވެ.

ހެނދުނު 09:00 ގައި މަޖިލިސް ފެށިއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން އިރުކޮޅަކަށް މަޑުކޮށްލައްވައިފައެވެ. މަޖިލިސް ފެށިއިރު ތަޅުމަށް ހާޒިރުވެ ތިބީ އެންމެ 15 މެންބަރުންނެވެ.

ކޯރަމް ހަމަނުވުމުގެ ރަނގަބީލު ޖެއްސެވުމުން ވެސް މަޖިލީހުގެ ކޯރަމް ހަމަވެފައެއް ނުވެއެވެ.

"ބަލަންޖެހޭ ވަގުތަށް ވެސް ބަލާ ނިމިއްޖެ. އިއްޒަތްތެރި މެންބަރުން ވަޑައެއް ނުގަންނަވާ. އަޅުގަނޑަށް މަޖުބޫރުވެ މިދަނީ މިއަދުގެ މަޖިލީހުގެ ބައްދަލުވުން ނޯންނާނެކަން އަންގައި އިއުލާނުކުރުން، މިއަދުގެ މަޖިލީހެއް ނޯންނާނެ،"

ނަޝީދު ވިދާޅުވީ މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މެންބަރުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *