ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންނާއި އާއިލާ އިން ހޯދަމުންދަނީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ،13، އެވެ.

ފުލުހުން ބުނީ މި ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމަށާއި އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމަށްވާއިރު އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *