ރިޔާސީ ކެންޕެއިނުގައި ޑރ. މުއިއްޒު - ފޮޓޯ: ޕީޕީއެމް

ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅު ބޭނުންތެރިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެފަދައިން ވިދާޅުވީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް  ޔާމީން މިއަދު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރުމާއި  ގުޅިގެން ވާހަކަދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން ޔާމީނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ އަލީގައި ލިބޭ ލަފާފުޅުތަކަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށާއި ގޭ ބަންދުގައި މިވަގުތު ހުންނެވުމުން ބައެއް ދަތިތަކެއް އަދި އެބަހުރި ކަމަށެވެ.

މީގެއިތުރުން، ގޭ ބަންދުގައި ހުންނަވައިގެން ވެސް ދެއްވާ ލަފާފުޅުތައް ބޭނުންތެރިވާނެ ކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަކަށް މިނިވަންކަމާއެކު ޔާމީނަށް ވާހަކަފުޅު ދެއްކޭ ގޮތް ވުން ކަމަށްވެސް ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ޔާމީން ގެއަށް ބަދަލުކޮށް ދެއްވަން  ޑރ. މުއިއްޒު ރޭ ސަަރުކާރަށް ގޮވާލައްވާފައި ވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *