ވާދޫގައި ވޯޓު ފޮއްޓަށް ގެއްުން ދިނުން

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު، ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ގެއްލުންދީ، ފޮށި ފަޅައިލި މީހާގެ ބަންދަށް 60 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން 60 ދުވަސް ނުވަތަ ދެ މަސް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެ ހަވީރު އެ ހާދިސާ ހިނގީ ވާދޫގައި ވޯޓުލުން ބަންދުކޮށްފައި ހުއްޓާ މީހަކު އޭނާއަށް އައިޑީ ކާޑު ނުލިބުނު ކަމަށް ބުނެ ވޯޓުލާ މަރުކަޒު ތެރެއަށް ވަދެ ރުޅި އައިސްގެން ވޯޓު ފޮށި އެއްލާލުމުންނެވެ.

އިއްޔެގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު މަދުން ނަމަވެސް ހަމަނުޖެހުންތައް ހިނގިއެވެ. އެގޮތުން ލ. ފޮނަދޫ ވޯޓުލާ މަރުކަޒުގައި މަސައްކަތް ކުރި އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއް ފެންމަތިވެ އެ ރަށުގައި ވޯޓުލުން މެދުކަނޑާލަން ޖެހުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *