އުފާވެރި އަމާން ރާއްޖެ ކެމްޕޭނަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ރ. ދުވާފަރުގައި

ހަލަބޮލި ދުވަސްވަރު ވެރިކަންކުރަން ފަސޭހަ ނުވާނެކަމަށް ވިދާޅުވެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އަދާލަތު ޕާޓީގެ ރައީސް އައްޝެއިހް އިމްރާން އަބްދުﷲ މަރުހަބާ ވިދާޅުވެ ނަސޭހަތެއް ދެއްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ފޯނުން ގުޅުއްވާ އޭނާއަށް މަރުހަބާ ދަންނެވި ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއް ކަމަށް ފެނިވަޑައިނުގަންނަވާތީ، ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް އިންތިހާބީ ރައީސް އަށް ނަސޭހަތްތެރިވެވަޑައިގެންނެވި ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒެވެ. 53 ޕަސެންޓާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިރު ޑރ. މުއިއްޒު އާއި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓް ވޯޓެވެ.

 

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *