ރިޔާސީ އިންތިހާބު 2023 ގެ މަސައްކަތުގައި ހަރަކާތްތެރިވި އިލެކްޝަންސް ކޮމިޝަނުގެ ބައެއް މުވައްޒަފުން - ފޮޓޯ: އީސީ

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ، ޢާންމު ކުރަން ފަށާފައި. ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށް ނިމި، ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް، މިއަދު އިޢުލާން ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތި ކަމަށް ހަބީބު ވިދާޅުވިއެވެ.

އެހެންނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން މިކަމުގެ ޙައްލު ހޯދާނެ. އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި، އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ."

ހަބީބު ވިދާޅުވީ އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުވެ ހުންނަ ކަމަށް ހަބީބު ވިދާޅުވިއެވެ.

އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް މިފަދަ ގޮންޖެހުމެއް ކަމަށާއި، އީސީގެ ޓީމަކީ ގޮންޖެހުންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ގާބިލް ޓީމެއް ކަމަށް ހަބީބު ފާހަގަ ކުރައްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *