ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ވާދަ ކުރައްވާ ކުރި ހޯއްދެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ އިން އަބަދުވެސް ބޭނުންވާކަމަށެވެ.

ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވިދާޅުވެފައިވަނޚ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިޔާ ކަމަށާއި އެހެންކަމުން އިންޑިއާ އިސްކުރުމުގެ ސިޔާސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް ގައުމުގެ މިނިވަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްބަސްވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނަކީ ރައީސް ސޯލިހުގެ ސަރުކާރަށް އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެ، އެ ގައުމާއި ދެކޮޅަށް 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ހިންގި ބައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *