ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

މަނީލޯންޑްރިންއާއި ޜިޝްވަތުގެ ކުށުގައި 11 އަހްރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް އަބުދުالله ޔާމީން އަބުދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ކިބައިން އެދިވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް މުޢިއްޒު ވިދާޅުވީ ވަރަށް އިޚްލާސްތެރިކަމާއި، އަދަބުވެރިކަމާއެކު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހްގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާޢްޖޭގެ މުސްތަޤްބަލު އުޖާލާކުރުމަށް ވޭނުންވެފައިވާ މިންވަރު މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ފެނިގެން ގޮސްފިކަމަށެވެ. އަދި އެމަނިކުފާނަށް އިތުބާރުކުރެއްވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ޚިޔާލު ތަފާތުވިނަމަވެސް ދިވެހި ހުރިހާ ރައްޔިތުންނަށް އިންތިޚާބީ ރައީސް މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ވަގުތު ކަމަށާއި، މި ޤައުމުގެ މަސްލަހަތު ވަކި ފަރުދަކަށްވުރެ އިސްކޮށް ސުލްހަވެރި ބަޔަކަށް ވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މުޢިއްޒު ވިދާޅުވީ "މި ދެންނެވި ވިކަންކަން" އިސްކޮށްގެން ނޫނީ ޤައުމަށް ކުރިއެރުން ލިބިގެން ނުދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *