މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކުރިއަށް ދަނިކޮށް ގދ. ވާދޫގައި ފަޅާލި ވޯޓު ފޮށީގެ ނަތީޖާ އިއުލާންކޮށްފިއެވެ.

އެ ފޮށި ކާމިޔާބު ކުރީ 312 ވޯޓާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވާއިރު އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ލިބުނީ 141 ވޯޓެވެ. އަދި އެ ފޮށްޓަށް 13 ބާތިލް ވޯޓުލާފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު ވާދޫގައި ވޯޓުލުން ބަންދުކޮށްފައި ހުއްޓާ މީހަކު އޭނާއަށް އައިޑީ ކާޑު ނުލިބުނު ކަމަށް ބުނެ ވޯޓުލާ މަރުކަޒު ތެރެއަށް ވަދެ ރުޅި އައިސްގެންކަމަށް މައުލޫމާތުދެއެވެ. އަދި ފުލުހުން ވަނީ ވޯޓު މަރުކަޒު ބަންދުކޮށް، އެ ތަން ރައްކާތެރިކޮށްފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި ވޯޓުލުން ބަންދުކޮށްފައި ހުއްޓާ ފޮށި ފަޅާލި މީހާ ވަނީ ވޯޓު ފޮށި ނަގައި ވަރަށް ބާރަށް ތަޅުންގަނޑު މައްޗަށް އެއްލާފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކުރުމުން އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *