ވާދޫގައި ވޯޓު ފޮއްޓަށް ގެއްުން ދިނުން

ގދ. ވާދޫގައި ވޯޓުލުން ބަންދުވި ފަހުން ވޯޓު ނުލެވިގެން ހިތްހަމަނުޖެހި އާންމުންގެ މީހަކު ވޯޓު ފޮށި ވައްޓާލާ ފަޅާލައިފިއެވެ.

ވޯޓު ފޮށި ފަށާލުމާއި ގުޅިގެން ވޯޓު ކަރުދާސްތައް ވަނީ ބިންމައްޗަށް އެޅިފައެވެ. އަދި ވޯޓު ފޮށި ވައްޓާލި މީހާ ވަނީ އެތަނުން ވޯތު ކަރުދާސްކޮޅެއް ވީދާލާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ. މިހާރު ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ.

އެ ވޯޓު ފޮއްޓާއި ބިން މައްޗަށް އެޅިފައިވާ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ވަކިގޮތެއް އަންގަންދެން އަދި ހުރީ ހަމަ ހުރި ގޮތަށް ބަހައްޓާފައެވެ.

އެމީހާ ވޯޓު ފޮށްޓަށް ގެއްލުން ދިނީ އެހެން މީހެއްގެ އަތުގައި އޭނާގެ އައިޑީ ކާޑު އޮތުމުން ވޯޓުނުލެވިގެން ކަމަށް  މައުލޫމާތު ލިބެއެވެ. އައިޑީ ކާޑު އޮތީ ނިދާފައި އޮތް މީހެއްގެ އަތުގައި ކަމަށް އެމީހަ ބުނެފައިވާ ކަމަށް އެތަނުގައި ހަރަކާތްތެރިވާ މޮނިޓަރަކު ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *