މަރަދޫ ދާއިރާގެ މެންބަރު ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފިއެވެ.

މެމްބަރު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް މިއަދު 11:45 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ދަނީ ބަލަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ނިހާދުއަށް ހަމަލާދީފައި ވަނީ އައްޑޫގައި ހަރަކާތްތެރިވަމުން ދަނިކޮށް ގްރޫޕަކުން އައިސް ކަމަށާއި، އޭނާއަށް ހަމަލާ ދިނުމުގެ ސަބަބުން ފޭދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި މީގެ އިތުރުން މެންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުއްޓާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، ސީންގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ.

ޝަރީފަށް ހަމލާދީފައިވާ ބަެއް މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، މަންޒަރުތަކުން ފެންނަ ގޮތުގައި ޝަރީފްގެ މޫނަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ. އަދި ވާތްފަރާތު ލޯ ކައިރިން ވަނީ ވަރަށް ބޮޑަށް ދުޅަވެސް ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *