ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބުދުالله ޔާމީން އަބުދުލްޤައްޔޫމް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނު ވޯޓު ލައްވާފައެއް ނުވެއެވެ. މިއަދު ހެނދުނު އެމަނިކުފާނު ވޯޓު ލައްވާފައިވަނީ މާފުށި ޖަލުގައެވެ.

ދާދި ދެންމެ އަކު ރައީސް ޔާމީން ވޯޓުލައްވާފައިވާއިރު ކުރީގެ ނައިބު ރައީސް އަދީބުވެސް ވަނީ ވޯޓު ލައްވާފައެވެ. އަދީބު ވޯޓު ލެއްވީ ކަލާފާނު ސުކޫލު ހޯލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަށެވެ.

ރައީސް ޔާމީން އަކީ މި އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ފޯމު ބަލައިނުގަތުމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭތީ ޕީޕީއެމުން ނެރެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *