އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އެ ބޭފުޅުންގެ ކެމްޕޭން ނިންމާލައިފިއެވެ.

ކެމްޕެއިން ނިންމާލުމުގެ ގޮތުން ދެ ކެންޑިޑޭޓުންވެސް މާލޭގައި ބޭއްވީ ހިނގާލުމެކެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ކޯލިޝަނުން ހިނގާލުން ފެށީ ހަވީރު 4:30 ހާއިރު ސޯޝަލް ސެންޓަރު ސަރަހައްދުންކަމަށްވާއިރު އެ ހިނގާލުން ނިންމާލާފައިވަނީ އެމްޑީޕީން ފުރަތަމަ ބުރުގެ ކެމްޕެއިން ނިންމި ޖަލްސާ ބޭއްވި އުސްފަސްގަނޑުގައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އެމްއެންޕީގެ ހިނގާލުން ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އަދި ހިނގާލުން ނިންމާލައިފައިވަނީ ފުރަތަމަ ބުރުގެ ކެމްޕެއިންވެސް ނިންމި އާޓިފިޝަލް ބީޗުގައެވެ. އެ ހިނގާލުމުގައި ޕީޕީއެމް/ ޕީއެންސީ އަދި އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ހެނދުނު 8:00 ޖަހާއިރު ފަށާކަމަށްވާއިރު ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު 5:00 ޖެހުމާ ހަމަޔަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *