ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް

ކުންފުނީގެ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ނުހިނގާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ސްޓެލްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގައި ހަދާފައިހުރި އުސޫލުތަކާއި ޕޮލިސީތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

އަދި ހާއްސަކޮށް ޕްރޮކިއުމެންޓް ޕޮލިސީއާއި ޚިލާފަަށް އެއްވެސް ކަމެއް ހިނގާފައިނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ސްޓެލްކޯ އިން މިހެން ބުނީ ސޯޝަލް މީޑިއާގައި ހަސަން ކުރީސީގެ އެކައުންޓުން ކޮއްފައިވާ ޕޯސްޓަކާއި ގުޅިގެން އެއަށް ރައްދުދެއްވާއެވެ.

ހަސަން ކުރުސީގެ ޕޯސްޓުގައި ބުނެފައިވަނީ ސްޓެލްކޯގެ އެމްޑީ އަޚްމަދު ޝަރީފް ދުބާއީގައި އަލަށް ރަޖިސްޓްރީކޮށްފައިވާ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީގެ ޕެނަލް ބޯޑުތައް 34،000 ޑޮލަރު/ ޕެނަލްގެ ރޭޓުން އެތެރެކޮށް، އެމްޕީއެލްއަށް ސަޕްލައިކޮށްފައިވާ ކަމަށެވެ.

އަދި ޕެނަލް ބޯޑުތަކުގެ އަސްލު އަގަކީ 3،500 ޑޮލަރު ކަމަށާއި، އެ ޕެންލް ބޯޑުތަކުން ލިބުނު ފައިދާ އެމްޑީ ޝަރީފްގެ ޖީބަށް ލާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *