ޑރ. މުއިއްޒުގެ ދޮންމަންމާފުޅު މީޑިއާ އަކަށް އިންޓަވިއު ދެނީ

ސްކީލަން ހުސައިން އަށް ދިވެހިރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އެންޓްރީ ބްލޮކްކޮށްފައިވާ މައްސަލައިގައި ހިންގި ތަހުޤީޤު ހާމަކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަދުން ހުސެއިން) ގޮވާލައިފިއެވެ.

ސްކީލަން އަށް ރާއްޖެ ނާދެވޭގޮތަށް ހަދާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް އިމިގްރޭޝަންސް ކޮންޓްރޯލަރ މުހައްމަދު އަހުމަދު (ހަނަފީ) އާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިފަދަ ބޮޑު ކަންތައްގަނޑެއް ރައީސް ޔާމީންގެ ސަރުކާރުގައި އިއމިގްރޭޝަންގެ ތެރެއިން ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާއިރު އޭރުގެ ސަރުކާރުން މި ކަމާމެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގޭކަށް ނެތެވެ.

އަދި މީގެ އިތުރުން ސްކީލަން އަށް ރާއްޖެއަށް ނާދޭވޭ ގޮތް ހެދީ ކޮން ބަޔަކު އަޑީގައި ތިބެގެން ކަމެއްވެސް މިހާތަނަށް މީޑިއާތަކާއި ހަމައަށްވެސް ތިލަވެފައެއް ނުވެއެވެ.

މިމައްސަލައާއި ގުޅިގެން އަދުން ހުސެއިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2016 ވަނަ އަހަރު މި އަންހެން މީހާ ރާއްޖެ ނާދެވޭގޮތަށް ބްލޮކްލިސްޓު ކޮށް ބްލޮކް ކުރީ ކޮންތަހުގީގެއް ހިންގަންކަން ހާމަކުރަން ޖެހޭ ކަމަށެވެ.

އަދި މިކަމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް މުޢިއްޒުގެ ދައުރު އޮތްކަން ވަރަށް ސާފު ކަމަށާއި، މި މައްސަލައިގައި ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އަދުން ހުސެން ވިދާޅުވީ ކުޑަ ބާރެއް ލިބުނު ދުވަހު މިވަރަށް އަނިޔާވެރިވި މީހަކު ވެރިކަން ލިބިއްޖެނަމަ ޤައުމު "ނޮޅާލާނެ" ކަމަށެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *