އުރީދޫ ކްލަބް ޕްރިމިއަރ މެންބަރުންނަށް ޚާއްސަ އޮފަރ އެއް ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ބުނީ މި ފެއަރގެ ދަށުން ފިޓްސް އެއާއިން ސްރީލަންކާ ދެކޮޅު ޓިކެޓް ޙާއްސަ ރޭޓެއްގައި މިހާރު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން މިމަހުގެ 24 އިން ފެށިގެން ކުރިއަށްދާއިރު، ޕްރޮމޯޝަން މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި އޮފަރގެ ދަށުން ލަންކާ ދެކޮޅު ޓިކެޓް އެންމެ 204 ޑޮލަރަށް ނެގޭނެއެވެ.

މިއީ އުރީދޫގެ ކްލަބް ޕްރިމިއަރ މެންބަރުންނަށް ޙާއްސަ ޑިސްކައުންޓަކަށްވާއިރު، އޭވިއޭޝަން ސާވިސް ލިމިޓެޑް މެދުވެރިކޮށް ޓިކެޓް ނަންގަވާ ފަރާތްތަކުން އުރީދޫ އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއަރ ކާޑު ދައްކާލީމަ މި އޮފާގެ ދަށުން ޓިކެޓް ލިބޭނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *