އައްޑޫ ސިޓީ މަރަދޫގައި އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ދިރިއުޅޭ ގެއަކަށް ވަދެ، އެ މީހާ ބަނުމަށްފަހު ފޭރިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ، މިއަދު ހެނދުނު 06:12 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައި ވަނީ 81 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ މީހާ ބަނދެފައި ވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށެވެ.

އެ މީހާއަށް މިހާރު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 50 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *