އެއާ ކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެކުރި ފަސް މިލިއަން ރުފިޔާގެ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 18 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ކަސްޓަމްސް އިން އެ ޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައިވާނެ ކަމަށެވެ.

ބަލާފާސްކުރުމުގެ ތެރެއިން ޖުމުލަ ހަތް ޕެކޭޖު ފެނުނު ކަމަށާއި އޭގެ ތެރެއިން ދެ ޕެކޭޖުގައި ހުރި މުދަލުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުނުކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ ކުނޑިތަށް ކަސްޓަމްސްއިން ތަހުލީލު ކުރި އިރު ހެރޮއިންއަށް ޕޮޒިޓިވް ވެފައި ވާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.030 ކިލޯ ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 5,024,410.00 ރުފިޔާއަށް އަރައެވެ.

ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހްގީގް ކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *